ޚަވާރިޖުން ދެކޭ ގޮތާއި ޚިލާފަށް މިޒަމާނުގެ އިސްލާމީ ގިނަ ބިންތަކުގެ ޙުކުމް ވަންނަނީ ދާރުލް މުރައްކަބާ ގެ ތެރެއަށް
📚 ޚަވާރިޖުން ދެކޭ ގޮތާއި ޚިލާފަށް މިޒަމާނުގެ އިސްލާމީ ގިނަ ބިންތަކުގެ ޙުކުމް ވަންނަނީ ދާރުލް މުރައްކަބާ ގެ ތެރެއަށް
”...أما الواقع فينظر إلى كل دار بحسبها الآن، لأن الأمور اليوم اختلطت، فتجد الدور بحسب الحكم كلها دور كفر، ولكن بحسب الأفراد تختلف، فمنها دار كفر ودار إسلام، وأكثرها أو كثير منها من الدور المركبة، أما دار العهد في هذا الزمن فلا توجد، والمسألة هذه طويلة. والله أعلم.“ — الفتاوى الحايرية س. ٣٢
”...ދެންފަހެ މިޒަމާނަށް ބަލާއިރު، ކޮންްމެ ބިމެއް ވެސް އޭގެ މިވަޤުތުގެ މިންވަރުން ބެލުންވެއެވެ. އެހެނީ މިޒަމާނުގައި ޙާލަތްތައް މިވަނީ މަސްހުނިކޮށެވެ. ވީމާ ޙުކުމަށް ވަޒަން ކުރާ އިރު، އެދާރަކީ އެއްކޮށް ކުފުރު ގެ ދާރެއް ކަމަށް ވާތަންތަން ވެސް ފެންނާނެއެވެ. އެހެނަސް އޭގެ އަފުރާދުންގެ ޙުކުމަށް ވަޒަން ކުރާ އިރު ތަފާތުވެގެން ވެއެވެ.⁽¹⁾ ފަހެ އޭގެ ތެރޭ ދާރުލް ކުފުރާއި ދާރުލް އިސްލާމް ހިމެނެއެވެ. އަދި އޭގެ ތެރޭގައި އެންމެ ގިނައީ ނުވަތަ ވަރަށް ގިނައިންވަނީ "ދާރުލް މުރައްކަބާ" އެވެ. ދެންފަހެ މިޒަމާނުގައިވާ ދާރުލް ޢަހުދަށް ބަލާއިރު ، އެޔެއް ފެންނާން ނެތެވެ. އަދި މިއީ ފުންވެގެންވާ މައުޟޫޢު އެކެވެ. އަދި ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ.“
— އައްޝައިޚް ނާޞިރަލް ފަހްދު
______________
⁽¹⁾ މިއާއި ޚިލާފަށް ޚަވާރިޖުން ބިންތަކުގެ ޙުކުމަކީ ކުފުރު ކަމަށް ބުނުމާއި އެކު، ދާރުލް މުރައްކަބާގެ ނަޒަރިއްޔާތު އެއިން ފޮހެލައެވެ. ދެން މީސްތަކުންގެ ލެޔާއި މުދައު އޭގެ މައްޗަށް ޙަލާލުކޮށް އެޔަށް އަރައިގަނެއެވެ. އަދި މިކަމުގެ މައްޗަށް އަހަރެމެންވާނީ މީގެ ކުރިން ތަފްޞީލު ގެނެސްދީފައެވެ.
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.