ﷲ ޙަޟުރަތުގައި މިފަދަ ނުބަޔަކުން އަހަރެމެން ބަރީއަ ވަމެވެ
📌ﷲ ޙަޟުރަތުގައި މިފަދަ ނުބަޔަކުން އަހަރެމެން ބަރީއަ ވަމެވެ.
”ދާރުލް ކުފްރު އަލް-ޠާރިއު“ (އިރެއްގައި ”ދާރުލް އިސްލާމް“ އަކަށް އޮވެ ފަހުން ކާފަރުން އަރައި ވެރިވެގަތުމުން ”ދާރުލް ކުފުރު“ އަކަށް ވެފައިވާ ބިންތައް) އަދި އެތަނެއްގައި މުސްލިމުންގެ ބައިބޯ ގިނަ އެހެނަސް އިސްލާމީ ޝަރީޢަތް ނޫން ޤާނޫނެއް ތަންފީޒު ކުރެވޭންފަށާ ބިންތަކާއި މެދު ބުނަމެވެ. މިއީ އެބިންތަކާއި މެދު މުސްލިމުން މުޢާމަލާތް ކުަރުމުގައި މަސްހުނި ކަމެއް އެކުލެވޭ ބިންތައް ކަމަށް ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވި ބިންތަކެވެ. އެހެންކަމުން ބައެއް ކަންކަމުގައި އެބިންތަކާއި މުޢާމަލާތް ކުރެވެނީ ކާފަރުން ގެ ބިމެއް ފަދައިން ކަމުގައިވިއަސް އަނެއްބައި ކަންކަމުގައި މުޢާމަލާތް ކުރުން ވާޖިބުވެގެންވަނީ އިސްލާމީ ބިމަކާއި އެއްފަދައިންނެވެ.
މިފަދަ ބިން ތަކުގައި ހެދޭ ނަމާދު ޖަމާޢަތްތައް މުޠްލަޤު ކޮށް (އެއްވެސް އިސްތިޘްނާ އެއް ނެތި) ބާޠިލު ކުރުމަކީ ހައްދު ފަހަނަ އެޅުމެކެވެ. އަދި އެފަދަ ޖަމާޢަތްތަކުގައި ނަމާދު ކުރާ ބަޔަކީ ފާސިޤުން ކަމަށް ނޫނީ ނަމާދު ބާޠިލު ވެފައިވާ ބަޔެއް ކަމަށް ބުނުމަކީ އެއް އިރެއްގަވެސް އަހަރެމެންގެ ބުނުމެއް ނޫނެވެ. އަދި އެފަދަ ބުނުމަކީ މަގުފުރެދުމެކެވެ.
އަދި އެމީހެއްގެ ކުފުރު މުޢައްޔިންކޮށް ޘާބިތު ނޫން ކޮންމެ މީހެއްގެ ފަހަތުގައި ނަމާދު ކުރެވިދާނެއެވެ. ހަމަ މިފަދައިން ކުފުރު އެމީހެއްގެ މައްޗަށް މުޢައްޔިން ކޮށް ޘާބިތު ނުކުރެވޭ، އެހެނަސް ކުފުރު ވަނިވި ބިދުޢަތަކަށް އަރައިފައިވާ އިމާމުން ފަހަތުގައި ނަމާދު ނުކުރުމަކީވެސް ޝަރީޢަތް ގޮވާލާ ކަމެކެވެ. އިމާމް އަބޫ ޢުބައިދު ގެ ބަސްފުޅު މިކަމުގައި ވެއެވެ. އަދި އިމާމް އަޙްމަދުގެ ވެސްމެއެވެ. އެހެން ކަމުން އެފަދަ މީހެއްގެ ފަހަތުގައި ނަމާދު ނުކުރުމަށް، ނުވަތަ ކުރެވިއްޖެ ނަމާދު އިޔާދަ ކުރުމަށް ބުނެވޭ ކޮންމެ ބުނުމަކީ ކޮންމެހެން އެމީހަކަށް ކުފުރު މުޢައްޔިން ކޮށް ޘާބިތު ކުރިކަމުގެ ދަލީލެއް ނޫނެވެ. ﷲ ޙަޟުރަތުގައި މިފަދަ ނުބަޔަކުން އަހަރެމެން ބަރީއަވެގެން ވަމެވެ.
އަސްލަކީ މިސްކިތް ތަކަކީ މުޥައްހިދުންގެ އެއްޗެއްކަމެވެ. އަދި އެތަން ތަނުގައި ނަމާދު ސައްޙަ ވާނެ އެއްވެސް ގޮތެއް އޮތް ނަމަ އެތަންތަން ދޫކޮއްލުމަކީ ވަރަށް ބޮޑު ފިތުނަ އެކެވެ. އަދި ނުބައި ތަކަކަށް ދޮރު ހުޅުވިގެން ދާނޭ ކަމެކެވެ. މިނުކުތާ އަށް ސަމާލުވާން ޖެހެއެވެ. ޝަރުޢީ ގޮތުން މި މައުޟޫއަށް އެއްޗެއް ލިޔެލުމަށް ގަސްތުކުރަމެވެ. إن شاء اللّه.
— އަރުޝީފް: 12 އޮގަސްޓު 2018
~ ގަލަންދާން
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.