ذَٰلِكَ بِأَنَّهُمُ ٱسْتَحَبُّوا۟ ٱلْحَيَوٰةَ ٱلدُّنْيَا عَلَى ٱلْءَاخِرَةِ وَأَنَّ ٱللَّهَ لَا يَهْدِى ٱلْقَوْمَ ٱلْكَٰفِرِينَ [النحل:107]
=
ذَٰلِكَ بِأَنَّهُمُ ٱسْتَحَبُّوا۟ ٱلْحَيَوٰةَ ٱلدُّنْيَا عَلَى ٱلْءَاخِرَةِ وَأَنَّ ٱللَّهَ لَا يَهْدِى ٱلْقَوْمَ ٱلْكَٰفِرِينَ [النحل:107]
”އެއީ ހަމަކަށަވަރުން، އެއުރެން، އާޚިރަތު ގެ މައްޗަށް، ދުނިޔެވީ ޙަޔާތް އިސްކުޅައުމުގެ ސަބަބުންނެވެ. އަދި ހަމަކަށަވަރުން، ކާފިރު ވީމީހުންނަކަށް، اللَّه، ތެދުމަގެއް ނުދައްކަވާނެތެވެ.“
މިހެންކަމުން އެވެރިންގެ މައްޗަށް ކުފުރު ގެނެވުނީ (އިސްލާމް) ދީނާއި ދެކޮޅުހަދައިގެންނެއް ނޫނެވެ. އަދި ބާޠިލުގެ އަހުލުންނަށް ލޯބިކުރުމުގެ ސަބަބުންނެއްވެސް ނޫނެވެ. އެހެނަސް ދުނިޔޭގެ ބައިން ބައެއް ހޯދުމުގެ ސަބަބުންނެވެ. އެއިން އެވެރިންގެ ދީނަށް އަޘަރު ފޯރުވައި އޭގެ ސަބަބުން ކާފަރުވެގެން ދިޔައެވެ.
އެއިލާހު تعالى ވަޙީ ކުރެއްވިއެވެ:
وَمَن يَتَوَلَّهُم مِّنكُمْ فَإِنَّهُۥ مِنْهُمْۗ [المائدة:51]
”ތިޔަބައިމީހުންގެ ތެރެއިން އެއުރެން އެކުވެރިން ކަމުގައި ބަލައިފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެއީ، އެއުރެންގެ ތެރެއިންވާ މީހެކެވެ.“
އެއިލާހު تعالى ވަޙީ ކުރެއްވިއެވެ:
وَقَدْ نَزَّلَ عَلَيْكُمْ فِى ٱلْكِتَٰبِ أَنْ إِذَا سَمِعْتُمْ ءَايَٰتِ ٱللَّهِ يُكْفَرُ بِهَا وَيُسْتَهْزَأُ بِهَا فَلَا تَقْعُدُوا۟ مَعَهُمْ حَتَّىٰ يَخُوضُوا۟ فِى حَدِيثٍ غَيْرِهِۦٓۚ إِنَّكُمْ إِذًا مِّثْلُهُمْۗ إِنَّ ٱللَّهَ جَامِعُ ٱلْمُنَٰفِقِينَ وَٱلْكَٰفِرِينَ فِى جَهَنَّمَ جَمِيعًا [النساء:140]
”ހަމަކަށަވަރުން، ފޮތުގައި ތިޔަބައިމީހުންގެ މައްޗަށް ބާވައިލައްވާފައިވެއެވެ. اللَّه ގެ އާޔަތްތަކަށް ކާފިރުވެ، އެ އާޔަތްތަކަށް މަލާމާތްކުރާ އަޑު ތިޔަބައިމީހުންނަށް އިވޭހިނދު، އެއުރެން އެހެން ވާހަކަޔެއް ދައްކަން ފަށައިފުމަށް ދާންދެން، އެއުރެންނާއެކު، ތިޔަބައިމީހުން ނުތިބޭށެވެ! އެހެން ތިޔަބައިމީހުން ތިބެނީނަމަ، ހަމަކަށަވަރުން، ތިޔަބައިމީހުންނަކީވެސް އެއުރެންފަދަ ބަޔެކެވެ. ހަމަކަށަވަރުން، اللَّه، މުނާފިޤުންނާއި ކާފަރުންގެ އެންމެން ނަރަކަޔަށް އެއްކުރައްވާނެތެވެ.“
އިސްލާމް ކަމަށް ދަޢުވާ ކޮށް މުޝްރިކުން، ނުވަތަ ޔަހޫދީންނާއި ނަޞާރާއިންނާއި އެކު އެވެރިންގެ އިޖުތިމާޢުތަކުގައި އެކުލެވޭ މީހާ، އަދި އެވެރިންނަށް ވާގިވެރިވާކަން (ނަޞްރުވެރިކަން) ދައްކާމީހާ، އެއީ ކާފަރުންވެސް އެވެރިން ތެރެއިންވާ މީހެއްކަމަށް އަދަދުކުރާ ހެން، ފަހެ އެފަދަ މީހަކީ ހަމަ އެވެރިންފަދަ ކާފަރެކެވެ. މުސްލިމެއް ކަމަށް އޭނާ ދަޢުވާ ކުރިއެއްކަމަކުއެވެ.
(ނުނިމޭ)
— الشَيْخ سُلَيْمَان الْعَلْوَان
~ ގަލަންދާން
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.