އަދި ތިންވަނައަށް، އެއީ އޭގެ ޒާތުގައި މުރުތައްދުވާ ކުފުރު އާއި ހަމަޔަށް ގެންދިޔުން، މިމާނަކުރުން އިހު ބަޔާންވެވުނު މާނަ ކުރުމަށް ވުރެންވެސް…
❺
އަދި ތިންވަނައަށް، އެއީ އޭގެ ޒާތުގައި މުރުތައްދުވާ ކުފުރު އާއި ހަމަޔަށް ގެންދިޔުން، މިމާނަކުރުން އިހު ބަޔާންވެވުނު މާނަ ކުރުމަށް ވުރެންވެސް އޭގެ ނުބައިކަން ބޮޑެވެ. އެހެނީ މިއީ ތައުވީލާއިގެން ދީނުގެތެރެއިން ތީރެއްދާހެން ނިކުމެގެންދާ ޚަވާރިޖުންގެ މަޛުހަބެވެ. އެހެންކަމުން ކުދި އަދި ބޮޑު ފާފައިގެ މައްޗަށް އެވެރިން މީސްތަކުން ކާފަރުކުރެއެވެ. އަދި ރަސޫލު ﷲ ﷺ ވަނީ އެވެރިންގެ ސިފަތައް އަންގަވައިދެއްވާފައެވެ. މަގުފުރެދި ވަކިވެގަތުމެވެ. އަދި އެވެރިންނާއިމެދު ލޭއޮހޮރުން އިޛުނަ ދެއްވުންވެސްވެއެވެ. އަދި އަހަރެމެންނަށް ވަނީ ﷲ تبارك وتعالى އެއުރެންގެ ބަސްތައް ދޮގު ކުރައްވާ ތަން ފެނިފައެވެ. އެހެނީ އެއިލާހުވަނީ ވައްކަން ކުރާ މީހާ އަތްކެނޑުމަށް ޙުކުމް ކުރައްވާފައެވެ. އަދި ޒިނޭ ކުރާ މީހާ އާއި ޤަޜަފު ކުރާ މީހާ ޙައްދު ޖެހުމަށްވެސް މެއެވެ. އަދި ފާފައިގެ ސަބަބުން އެކަން ކުރާ މީހާ ކުފުރު ވާނަމަ، އެވެރިންނާއިމެދު ޤަތުލު މެނުވީ ޙުކުމެއް އިލާހު ނުކުރެއްވީހެވެ. އެހެނީ ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިއެވެ: من بدل دينه فاقتلوه (އެމީހެއްގެ ދީން ބަދަލު ކޮށްފި މީހާ، ފަހެ އޭނާ ޤަތުލުކުރާހުށި ކަމެވެ.) ފަހެ އެވެރިންނީ ކާފަރުން ކަމުގައިވާނަމަ އެވެރިންގެ ޢުޤޫބާތަކީ އަތްކެނޑުމާއި ޙައްދުގެ އެތިފަހާރު ޖެހުން ކަމުގައިވާނެ ހެއްޔެވެ؟
އަދި ހަމަ އެފަދައިން އަނިޔާވެރިގޮތުގައި މަރާލެވިއްޖެ މީހާ އާއި މެދު އެއިލާގު ވަޙީ ކުރެއްވިއެވެ: فَقَدْ جَعَلْنَا لِوَلِيِّهِۦ سُلْطَٰنًا [الإسراء:33] (ފަހެ، ހަމަކަށަވަރުން، އެމީހާގެ ولى ވެރިޔާއަށް، ތިމަންރަސްކަލާނގެ ބާރެއް ދެއްވީމެވެ.) ވީމާ ޤަތުލު ކުރުމީ ކުފުރެއް ނަމަ، ވަލީ ވެރިޔާއަށް ޢަފޫ ކުރުމުގެ ނޫނީ ލޭގެ ދިޔަ ހޯދުމުގެ އިޚްތިޔާރެއް ނުވީހެވެ. އަދި ލާޒިމުވީހީ ޤަތުލުކޮށްލުން އެކަންޏެވެ.
[ނޯޓް: މިބުނުމަކީ އަހުލުސުންނަތުގެ އެއްވެސް އިމާމެއްގެ ބުނުމެއް ނޫނެވެ. އެއްވެސް ބޭކަލެއް މިގޮތަށް ދެކިނުލައްވައެވެ. އަދި އެނގި ބަޔާން ވެގެންވާ ގޮތުގެ މަތީން މިއީ ޚަވާރިޖުންގެ ޖުމްހޫރު ގައުލެވެ. އަދި ބިދުޢަވެރި ބުނުމެކެވެ. އަދި ފުރަތަމަ އަދި ދެވަނަ ބުނުމާއިވެސް ޚިލާފެވެ. އެހެނީ އެދެބުނުމުގައިވެސް އެއްގޮތްކަން ވަރަށް ބޮޑެވެ. އެއީ އެދެބުނުމަކީވެސް އެކީ އެއްކޮށް ގޯސް ބުނުމެއް ނޫނެވެ. އަދި އެ ގޯސްވަނީ އެއަށް އެކީ އެއްކޮށް ނިންމުމަށް ނޫނީ ހަނިކުރުން އަދި މިބީދާއިން ނެގުމުންނެވެ. (މިޒަމާނުގެ ޚަވާރިޖުން އަދި ތަކްފީރުގައި ހައްދުފަހަނަ އަޅާމީހުންގެ ވެސް ބޮޑު ބައިގަނޑަކީ މިބުނުމުގެ މައްޗަށްވާ ބަޔެކެވެ. އަދި ވަޢީދުގެ ރިވާޔަތްތައް މިއްލަތުން ބޭރުވާ ކުފުރު ކަމުގައި ބުނެ މުސްލިމުންގެ ލެޔާއި މުދާ ހުއްދަކުރެއެވެ. މިސާލަކަށް، ރަސޫލު ﷺ ވަނީ މުޝްރިކުންގެ ތެރޭގައިވާ މީހާ އާއި ބަރީއަވެވަޑައިގެން ކަމަށް ބުނެ ދާރުލް ކުފުރެއް ތެރޭގައިވާ މުސްލިމު ފަރުދުންގެ ލެޔާއި މުދާ އޭގެ ޒާތުގައި ޙަލާލު ކުރުމުގެ ފަސާދަ ފަދައެވެ.) (ޚުލާސާ: އައްޝައިޚް ޑރ. ޔޫސުފު ބުނު މުޙައްމަދު އަލްޣަފީޞް ގެ ޝަރަހަ، ޞ 121)]
ދެން އޮތް ހަތަރުވަނަ ބުނުމުގައި، މި އަޘަރުތައް (ރިވާޔަތްތައް) ޟަޢީފު ކުރުން، މި ދެކުމަކީ ބަލައިގަނެވުމެއް ވާ ބަޔެއްގެ ބުނުމެއް ނޫނެވެ. ފަހެ އެއަށް އެއްވެސް ފަރުވާލެއް ނުދޭށެވެ. އަދިކިޔެއް؟ މިއީ ފުޅާވެގެންވާ ކަމަކުން އެވެރިންގެ މަސައްކަތް ކުރުކޮށްލާފައިވާ އަމިއްލަ އެދުމާއި ބިދުޢައިގެ މީހުން ބޭނުންކުރާ ތަކެއްޗެވެ. އަދި އެވެރިންގެ ބުއްދި މޫނުމަތިން ހާމަވިއެވެ. އަދި "އެކަތި އަނެކެއްޗާއި ފުށުއަރައޭ" ބުނުމަށް ވުރެ ފަސޭހަ ބަހެއް އެވެރިންނަށް ނުހޯދުނެވެ. އެހެންކަމުން އެހުރިހާ އެއްޗެއް ބާޠިލުކުރިއެވެ!“ اهــ .
(ފުރަތަމަ ބައި ނިމުނީ)
~ ގަލަންދާނު
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.