އަދި ކުފުރުން ނަންދެވިފައިވާ ބާވަތުގެ ތެރޭގައި، ވާރޭ ވެހުނު ހިނދު ނަބިއްޔު ﷺ ޙަދީޘް ކުރެއްވި. ބަސްފުޅު: أتدرون ما قال ربكم؟ قال: أصبح من…
❷
އަދި ކުފުރުން ނަންދެވިފައިވާ ބާވަތުގެ ތެރޭގައި، ވާރޭ ވެހުނު ހިނދު ނަބިއްޔު ﷺ ޙަދީޘް ކުރެއްވި. ބަސްފުޅު: أتدرون ما قال ربكم؟ قال: أصبح من عبادي مؤمن وكافر، فأما الذي يقول: مطرنا بنجم كذا وكذا، كافر بي مؤمن بالكوكب، والذي يقول: هذا رزق الله ورحمته مؤمن بي وكافر بالكوكب) (ތިޔަބައިމީހުންގެ ވެރި ރައްބު ވަޙީކުރެއްވި ކަމެއް ތިޔަބައިމީހުންނަށް އެނގޭ ހެއްޔެވެ؟' ... ވަޙީކުރައްވަނީ: ”ތިމަން ރަސްކަލާނގެ އަޅުންތަކެއް ތިމަން ރަސްކަލާނގެއަށް، މުއުމިނުންތަކެއް ކަމުގައި ވެއްޖެއެވެ. އަދި (އަނެއްބަޔަކު) ތިމަން ރަސްކަލާނގެ އަށް، ކާފިރުންތަކެއް ކަމުގައި ވެއްޖެއެވެ. ފަހެ އަހަރެމެންނަށް ވެހުނު ވާރޭ އަކީ މިވެނި އެވެނި ތަރިއެއްގެ ސަބަބުންނޭ ބުނި މީހާ ދަންނާށެވެ. ފަހެ އޭނާއީ ތިމަން ރަސްކަލާނގެއަށް ކާފިރުވެ، ތަރިތަކަށް އީމާންވެއްޖެ މީހެކެވެ. އަދި އަހަރެންމެންނަށް ވެހުނު ވާރޭއަކީ ﷲ ގެ ފަޟްލުވަންތަކަމާއި ރަޙްމަތުންކަމަށް ބުނި މީހާ ދަންނާށެވެ. ފަހެ އޭނާއީ ތިމަން ރަސްކަލާނގެއަށް އީމާންވެ، ތަރިތަކަށް ކާފިރުވެއްޖެ މީހެކެވެ.) އަދި އިތުރުއެކަލޭގެފަނު ﷺ ގެ ޙަދީޘް: لا ترجعوا بعدي كفاراً يضرب بعضكم رقاب بعض (ތިމަންކަލޭގެފާނަށް ފަހު އެކަކު އަނެކަކުގެ ކަރުކަނޑައި ކާފަރުކަމަށް އެނބުރި ރުޖޫއަ ނުވާ ހުށިކަމެވެ.) އަދި އެކަލޭގެފާނުގެ ޙަދީޘް: من قال لصاحبه: كافر فقد باء به أحدهما (އެމީހަކާއިއެކުގައިވާ މީހަކަށް: ކާފަރެކޭ ބުނެފި މީހާ، ފަހެ (ދަންނައެ) އެދެވެރިން ކުރެ އެކަކަށް އެ (ޙުކުމް) ރުޖޫއަވާ ހުއްޓެވެ.) އަދި އެކަލޭގެފާނުގެ ޙަދީޘް: من أتى ساحراً أو كاهناً فصدقه بما يقول أو أتى حائضاً أو امرأة في دبرها فقد برئ مما أنزل على محمد صلى الله عليه وسلم ، أو كفر بما أنزل على محمد صلى الله عليه وسلم (ސިޙުރުވެރިއެއް ނޫނީ ކާހިނެއް ގާތަށް ވަދެ އެއަށްފަހު އޭނާ ބުނާ އެއްޗެއް ތެދުކޮށްފި މީހާ، ނުވަތަ ޙައުޟުވެރިޔާގެ ނުވަތަ އަންހެނާގެ ފުރަގަސް ފަރާތުން ވަދެއްޖެ މީހާ (އެބަހީ: ޖިމާޢުވެއްޖެ މީހާ) ، ފަހެ މުޙައްމަދު ނަބީ ﷺ ގެ މައްޗަށް ބާއްވައިލެއްވުނު އެއްޗަކުން ބަރީއަވެއްޖެއެވެ. ނުވަތަ މުޙައްމަދު ނަބީ ﷺ ގެ މައްޗަށް ބާއްވައިލެއްވުނު އެއްޗަކަށް ކާފަރުވެއްޖެއެވެ.) އަދި ޢަބްދުﷲ (އިބްނު މަސްޢޫދު) ގެ ބަސްފުޅު : (سباب المؤمن فسوق، وقتاله كفر) (މުއުމިނަކަށް ބަދުބަސް ބުނުމަކީ ފާސިޤުކަމެވެ. އަދި އޭނާއާއި މާރާމާރީ ހިންގުމަކީ ކުފުރެވެ.) އަދި ބައެއް ބޭކަލުން މި (ރިވާޔަތް) މަރްފޫޢު ކުރައްވައެވެ. (އެބަހީ ޙަދީޘް އެއްގޮތުގައެވެ.)
އަދި ޝިރުކު ނަންދެވިފައިވާ ބާވަތުގެ ތެރޭގައި، ނަބިއްޔު ﷺ ބަސްފުޅު: أخوف ما أخاف على أمتي الشرك الأصغر؛ قيل: يا رسول الله! وما الشرك الأصغر؟ قال: الرياء (ތިމަންކަލޭގެފާނުގެ އުއްމަތުގެ މައްޗަށް ބިރުފުޅުވަޑައިގަން އެންމެ ބޮޑު ބިރަކީ ކުޑަ ޝިރުކެވެ. ބުނެވުނެވެ: އޭ ރަސޫލު ﷲ އެވެ! ޝިރްކުލް އަޞްޣަރް (ކުޑަ ޝިރުކު) އަކީ ކޮބައިތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ: އައް-ރިޔާ އެވެ. (އެބަހީ: އަޅުކަމުގެ ތެރެއަށް ވަންނަ ދެއްކުންތެރިކަމެވެ.)) އަދި އޭގެ ތެރޭގައި، ޙަދީޘް ފުޅު: (الطيرة شرك، وما منا إلا ولكن الله يذهبه بالتوكل (ބަދުފާލު ބެލުމަކީ ޝިރުކެކެވެ. އަދި އަހަރެމެން ތެރެއިން (އެވަހުމު ހިތަށް ނުއަންނަ) މީހެއް ނުވެއެވެ. އެކަމަކު ﷲ އަށް ވަކީލުކުރުމުން އެކަލާނގެ ހިތުން އެކަން ފިލުއްވާދެއްވައެވެ.) އަދި ތަވީދާއި އިސްތިރިވަރިތޮޅި އާއިމެދު ޢަބްދު ﷲ (އިބްނު މަސްޢޫދު) ގެ ބަސްފުޅު: إنها من الشرك (އެއީ ޝިރުކުގެ ތެރެއިން ވާ އެއްޗެކެވެ.) އަދި އިބްނު ޢައްބާސް ގެ ބާސްފުޅު: إن القوم يشركون بكلبهم! يقولون: كلبنا يحرسنا، ولولا كلبنا لسرقنا (ހަމަކަށަވަރުން މީސްތަކުން އެވެރިންގެ ކުއްތާ ޝަރީކަކު ގޮތުގައި ހަދައެވެ. އެއުރެން ބުނެތެވެ: އަހަރެމެންގެ ކުއްތާ އަހަރެމެން ރައްކާތެރިކޮށްދެއެވެ. އަހަރެމެންގެ ކުއްތާ ނުވީނަމަ ވައްކަން ވީހެވެ.)
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.