އަލްޙަރާޤިޞާ¹ އާއި އަހަރެމެން ދެކޮޅުވަމެވެ: އެއީ އިސްލާމްކަމާއި އޭގެ ޝިޔާރުތައް ފާޅުކުރާ މީހުންވެސް، އެބިމެއްގައި ކުފުރާއި ޝިރުކު ގިނަގުނަ…
”އަލްޙަރާޤިޞާ¹ އާއި އަހަރެމެން ދެކޮޅުވަމެވެ: އެއީ އިސްލާމްކަމާއި އޭގެ ޝިޔާރުތައް ފާޅުކުރާ މީހުންވެސް، އެބިމެއްގައި ކުފުރާއި ޝިރުކު ގިނަގުނަ ބިމެއްގައިވީތީ ތަކްފީރުކުރުމުގައެވެ.
އަދި ޖަރާޖިސާ² އާއި އަހަރެމެން ދެކޮޅުވަމެވެ: އެއީ ކުފުރު ފާޅުކޮށްގެން ހުންނަމީހާ އިސްލާމް ކުރުމުގައެވެ. އެމީހަކީ މީސްތަކުންގެ ތެރެއިން އެންމެ ބޮޑު ޖާހިލުކަމުގައި ވިޔަސް އެވެ.
ފަހެ އެމީހަކީ ކޮންމެ ބިމެއްގައިވީ މީހަކަސް، އިސްލާމްކަން ފާޅުކުރާ ކޮންމެ މީހެއްގެ ޙުކުމަކީ މުސްލިމެވެ. އޭނާ ކުފުރު ފާޅުކޮށްފުމާއި ހަމައަށެވެ.
އަދި ކޮންމެ ޒަމާނަކާއި މަކާނެއްގައިވިޔަސް (އެބަހީ: ބިމެއްގައި ވިޔަސް) ކުފުރު ފާޅުކުރާ މީހަކީ ކާފިރެކެވެ.“
— ޝައިޚް އަބޫ ސަލްމާން ޙައްސާން ޙުސައިން އައްޞޫމާލީ (މަޞްދަރު)
~ ގަލަންދާނު
______________
1) ޚަރާޤިޞާ ނެގިފައިވާނީ حرقص އިން: މިއީ ޚަވާރިޖުންގެ އެންމެ ފުރަތަމަ މީހާ ކަމަށްވާ ޙަރްޤޫޞް ބުނު ޒުހައިރް އައްތަމީމީ އެވެ. އަދި ޤަތުލުވެވުނީ ނަހުރުގެ ދުވަހު ޢަލީގެފާނުގެ ލަޝްކަރުގެ އަތްދަށުވި ޚަވާރިޖުންގެ ތެރޭގައެވެ.
2) ޖަރާޖިސާ: ނިސްބަތްވެނީ - ދާވޫދު ބުނު ޖަރްޖީސް އަލްޢިރާޤީ އަށެވެ. ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާގެ ބަސްފުޅުތަކުގެ މާނަ އޮޅުވައި އެއިން ބަޔެއް ނޫނީ ޞަރީޙަނޫން ޖުމްލަތައް ނަގައި، 'ޢުޛްރު ބިލް ޖަހްލު' އާއި ޝިރުކުގެ މައްސަލަތަކުގައި، ނަޖުދުގެ އިމާމުންނާއި ދެކޮޅަށް މީނާ ބޭނުން ކުރިއެވެ.
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.