އަލްވަލާއު ވަލްއަލްބަރާއު ގައި މީސްތަކުންގެ ބާވަތްތައް: ފުރަތަމަ ބައި
📍އަލްވަލާއު ވަލްއަލްބަރާއު ގައި މީސްތަކުންގެ ބާވަތްތައް: ފުރަތަމަ ބައި
🔗 #الولاء_والبراء (5)
① އެކެއް: ޖުމްލަގޮތެއްގައި ލޯބިވެވޭ މީހާ
އެއީ ﷲ އަށާއި އެއިލާހުގެ ރަސޫލަށް އީމާންވެފައިވާ މީހާއެވެ. އަދި އިސްލާމް ކަމުގެ ޒިއްމާތައް އަދާކުރާ މީހާއެވެ. އަދި ޢިލްމާއި ޢަމަލުން ކަށިގަނޑު ބިނާކޮށްފައިވެއެވެ. އަދި އޭނާގެ ޢަމަލު ﷲ تعالى އަށް އެކަނި ޚާލިޞް ކޮށްފައިވެއެވެ. އަދި އެއިލާހުގެ އަމުރުތަކަށް ކުއްތަންވެއެވެ. އަދި އޭނާއަށް ﷲ ނަހީ ކުރައްވާފައިވާ ކަންތައް ހުއްޓާލާފައި ވެއެވެ. އަދި އެއިލާހުގެ ރާސޫލު ﷺ ނަހީ ކުރެއްވިކަންތައްތައްވެސް މެއެވެ. އަދި ﷲ އަށްޓަކައި އޭނާ ލޯބިވެއެވެ. އަދި ﷲ އަށްޓަކައި ރުޅިވެރިވެއެވެ. އަދި ﷲ ގެ ރަސޫލު ﷺ ގެ ބަސްފުޅު އެހެން އެންމެހާ މީސްތަކުންގެ ބަހުގެ މައްޗަށް އިސްކުރެއެވެ. އެއީ ކޮންމެ މީހެއްކަމުގައި ވިޔަސްއެވެ. އަދި މިކަމުގައި (އެބަހީ: އެބައެއްގެ ބަސް އިސްވުމުގައި) ރަސޫލުންނާއި ނަބިއްޔުންނަށް ފަހު މީސްތަކުންގެ ތެރެއިން ދެން އެންމެ އައުލާކަން ބޮޑުވެގެންވަނީ މުހާޖިރުންނާއި އަންޞާރުންގެ ތެރެއިންވާ އިތުރުއެކަލޭގެފާނުން ﷺ ގެ އަޞްޙާބު ބޭކަލުންނެވެ. އަދި އެބޭފުޅުންނަށް ހެޔޮގޮތުގައި ތަބަޢުވި މީހުންނެވެ. ފަހެ އެބޭފުޅުންނީ މީސްތަކުންނަށްވާ އެންމެ ހެޔޮލަފާ މީސްތަކެވެ. އަދި ތަބާވެވުން އެންމެ ހެޔޮ ބޭފުޅާއަށް ތަބަޢުވި މިހުންނެވެ. ފަހެ އެއީ އެބައެއްގެ ލޮންސިތަކުން ބިންތައް ފަތަޙަކުރެއްވި ބޭކަލުންނެވެ. އަދި އީމާނުން ހިތްތަކުގެ ފަތަޙަވެސް މެއެވެ.
އަދި ބޮޑުވެގެންވާ ތާރީޚުގެ ކޮޅުން ފެށިގެން އެބޭފުޅުންގެ ތާރީޚާއި ހަމަޔަށް އެފަދަ އިންސިއެއް ތާރީޚު ހެކިވެފައިނުވެއެވެ. އަދި އެއަށްވުރެއް ފަޟުލުވެރި އަދި އަދި އެއަށްވުރެ ހިއްވަރުގަދަ ފިރިހެނުންތަކެއްވެސްމެއެވެ. ނަބިއްޔުން ފިޔަވައެވެ.
އަދި މީސްތަކުން އެވެރިންގެ ނަފްސާއި މުދަލަށް ކަންބޮޑުވެ، އަހުލުންނާއި ދަރިންނާއި ވަކިވުމަށް ބުރަވެފައި ވީހިނދު، ދީން ޤާއިމު ކުރުމުގެ ޙައްޤުގައި އެކަން ގުރުބާން ކުރިއެވެ. އަދި އުއްމަތްތަކާއި ރައްޔިތުން އިސްލާމީ ޙުކުމުގެ ހިޔަލުގައި އަމާންކަމާއި ފާގަތިކަމާއި އެކު ވުމަށް ބާރުހޯދައިދިނެވެ. ފަހެ އެފަދަބަޔެއް ނުވެސް އާދެއެވެ. އަދި ނުވެސް އަންނާނެތެވެ. ފަހެ އެބޭފުޅުންނީ ޢަދުއްވުންތަކުގެ ރުޅީގެ ހުޅުގަނޑެވެ. އެއީ އަލްވަލާއު ވަލްބަރާއު ގެ އަހުލުންނެވެ. ދީނުގެ ނަޞުރުވެރިންނެވެ. ޢާލަމްތަކުގެ ވެރި ރައްބުގެ ރާސޫލުގެ ވާޒީރުންނެވެ.
އަދި މުޤައްރަރުވެފައިވާ އިސްލާމީ ބިންގާ ތަކާއި ޟައްރޫރިއްޔަ އަމަލުތަކުގެ ތެރެއިންވާ އެއްކަމީ އެބޭކަލުންނަށް ލޯބިކުރުމެވެ. އެބޭކަލުންގެ ފަޟުލުވަންތަކަމާއި ތެދުވެރިކަން ކަށަވަރުކުރުމެވެ. އޭގެތެރެއިން ކުޑަ އަދި ބޮޑެތީންނަށް ރަޙުމްކުރުމެވެ. ފުރަތަމައާއި އެންމެފަހު ބޭކަލަށްވެސްމެއެވެ. އެބޭކަލުންގެ އަބުރުފުޅާއި ޙުރުމަތް ދިފާއުކުރުމެވެ. އަދި މުޖުރުރިމުންގެ ދޫތަކާއި ނަފުރަތުގެ ޤަލަންތާއި ދެކޮޅަށް އެބޭކަލުންނަށް ނަޞުރުވެރިވުމެވެ.
ޢަދި ވަލާއު އާއި ނުޞުރަތާއި ލޯބީގައި މިބޭކަލުންނާއި ވިދިގެންވަނީ ޢިލްމަށް ޢަމަލުކުރައްވާ، އެބޭކަލުންގެ ރައްބަށް ބިރުވެތިވެލައްވާ، އަހުލުއް ސުންނަތުގެ ޢިލްމުވެރީންނެވެ. މިބޭފުޅުންނީ ނަބިއްޔުންގެ ވާރުތަވެރީން ނެވެ. އަދި މިދީނުގެ އިމާމުންނެވެ. އަދި ނަޞުރުލިބެނިވި ޠާއިފާ އެވެ. ނަޖާވަނިވި ފިރުޤާއެވެ. އަދި މީގެމާނައީ އެބޭފުޅުންނީ މަޢުޞޫމު ބޭކަލުންނެކޭ ނޫނެވެ. އަދި އެންމެ ކަމެއްގައި ކަނުކޮށް އެބޭފުޅުންނަށް ތަބަޢުވުމެއްވެސް ނުމެ ނޫނެވެ. ހަމަ ހިލާ އެހެންނަކުންނެއް ނޫނެވެ. ފަހެ އެބޭފުޅުންނީވެސް ރަނގަޅާއި ކުށް ޖެހޭ އިންސީންނެވެ. އެހެނަސް (ކުށެއް ޖެހޭ ހިނދުވެސް) އެބޭކަލުންނަށް ހެޔޮކޮށް ދެކި އެބޭކަލުންނަށްޓަކައި ޢުޛުރުތައް ދެއްކުން ވާޖިބެވެ. އެއީ ނައްޞަށް ކުޑައިމީސްކަމެއް ނުދައްކައެވެ. އެބޭކަލުންނަށް ނައްޞު ތިބާއަށް ވުރެ އެނގޭނޭ ކަމުގެ ޝުބުހުގައި، އެބޭކަލުން ތެރެއިން ވަކި ބޭކަލެއްގެ ބަސް ނައްޞުގެ މަައްޗަށް އިސްނުކޮށެވެ.
އަދި ނައްޞުތަކުގެ މައްޗަށް ޢިލްމިވެރިންގެ ބަސް އުފުލައިފި މީހާ، އަދި އޭގެމައްޗަށް ކިރައިފި މީހާ، އަދި ނައްޞާއި ޚިލާފުވި އެއްޗަކަށް ތަބަޢުވެޖެތަ؟ ފަހެ އެފަދަމީހާ އެބޭފުޅުންގެ ބަސް ނުދަތެވެ. އަދި ހުއްޓި އެހުރެވުނީ އެބޭކަލުންގެ ކޮޅަކުވެސް ނުމެ ނޫނެވެ. އެހެނަސް ފަހެ އެބޭކަލުންނަށް (ޙައްޤުގޮތުގައި) ތަބަޢުވާށެވެ! އެހެނީ އެބޭކަލުންގެ ތެރެއިން އެންމެ ބޭކަލުން މިގޮތަށް ތަބަޢުވުމަށް އަމުރު ކުރެއްވިއެވެ. އަދި މިބާބުގައިވާ އެންމެ ހިއްގައިމު ޅެން ތަކުގެ ތެރެއިން ވާ އެކެއްޗަކީ:
=
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.